×
+ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޟިރުވާމީހުން ޗުއްޓީއަށް އެދެންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. ފޯމު ބެއްލެވުމަށް (ލިންކް)
+ ސަރކިއުލަރ 3 2020 - ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފޮނުވާ ސިޓީތަަކާއި ލިޔުންތައް އެޑްރެސްކުރުމާބެހޭ (ލިންކް)

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަތައް ހުށަހަޅަންވާނީ ތިރީގައި ބަޔާން ކުރެވިފައިވާ މުއްދަތުތަކުގެ ތެރޭގައެވެ.


  • 1. މުވައްޒަފަކު ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތައް، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި

  • 2. ވަޒީފާއާބެހޭ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއާކާބެހޭ ޝަކުވާއަކާ ގުޅިގެން، މިނިސްޓަރ ނިންމާ ނިންމުމަކާ ހިތްހަމަނުޖެހިގެން ޓްރައިބިއުނަލަށް އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް، އެނިންމުން ނިންމި ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި

  • 3. ވަޒީފާއާބެހޭ ޤާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާއާގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް، އެ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި

  • 4. ޖިންސީ ފުރައްސާކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނުނުގެ 26 ވަނަ މާއްދާގެ ދަށުން ޝަކުވާ ކޮމިޓީން ނިންމާ ނިންމުމެއް އެމައްސަލަ ހުށަހެޅިފަރާތަށް ޤަބޫލުނުކުރެވޭނަމަ، އެ ނިންމުން ނިންމި ތާރީޚުން ފެށިގެން 180 (ސަތޭކަ އަށްޑިހަ) ދުވަސް ތެރޭގައި. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލު ރައްދުވާފަރާތަކީ ކުޑަކުއްޖެއް ކަމުގައިވާނަމަ، އެކުޑަކުއްޖަކަށް 18 (އަށާރަ) އަހަރު ފުރުމަށްފަހު 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި. (ނޯޓް: ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ގޮތުން ކުރެވުނު ޢަމަލެއް ނުވަތަ ކަމެއް ހިނގާދިޔަތާ 12 (ބާރަ) މަސްދުވަސް ފާއިތުވެފައިވާ ޝަކުވާއެއް ޓްރައިބިއުނަލަށް ހުށައެއްނޭޅޭނެއެވެ)