×
+ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޟިރުވާމީހުން ޗުއްޓީއަށް އެދެންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. ފޯމު ބެއްލެވުމަށް (ލިންކް)
+ ސަރކިއުލަރ 3 2020 - ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފޮނުވާ ސިޓީތަަކާއި ލިޔުންތައް އެޑްރެސްކުރުމާބެހޭ (ލިންކް)

މައްސަލަ ހުށަހަޅާ ފޯމް ހުށަހަޅާއިރު ބަލަންޖެހޭ މުހިންމު ކަންތައްތައް


ބޭނުންވާ މުހިންމު ލިޔެކިޔުން (3 ސެޓް) މައްސަލައިގެ ބާވަތް
 • މައްސަލަ ހުށަހަޅާ ފޯމް ފުރިހަމަކުރުން
 • ވަޒީފާގެ އެއްބަސްވުމުގެ ކޮޕީ
 • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ 1ކޮޕީ
 • މައްސަލައާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް
 • މައްސަލަ ހުށަހަޅާ ފަރާތް ތަމްސީލު ކުރުމަށް އެހެން ފަރާތެއް އައްޔަންކުރާނަމަ، އައްޔަން ކުރިކަން އެނގޭނެ ލިޔުމެއް
 • މައްސަލަ ހުށަހަޅާ ފޯމާއެއްކޮށް ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް
 • ވަޒީފާގެ އެއްބަސްވުމާއި ޚިލާފުވިގޮތާއި މިންވަރު އަންގައިދޭ ލިޔެކިޔުން
 • ވަޒީފާގެ އެއްބަސްވުމާއި ޚިލާފްވިކަން އިތުރަށް ސާބިތުކޮށްދޭ ހެއްކާއި ޤަރީނާ
 • 1- ވަޒީފާގެ އެއްބަސްވުމާއި ޚިލާފްވުން
 • ވަޒީފާއާގުޅޭ ކަންކަމުގައި ތަފާތުކުރި މިންވަރާއި ތަފާތު ކޮށްފައިވާ ގޮތް ފުރިހަމައަށް އެނގޭނެ ލިޔުމެއް
 • ތަފާތުކުރިކަން ސާބިތުކޮށްދޭ އިތުރު ހެއްކާއި ޤަރީނާ
 • 2. ތަފާތުކުރުން
 • މަޖުބޫރު ކުރެވުނީ ކިހިނެއްކަން އަދި ކިހާ މިންގަނޑަކަށްކަން ފުރިހަމައަށް އެނގޭނެ ލިޔުމެއް
 • މަޖުބޫރު ކުރެވުނު މިންގަނޑު އިތުރަށް ސާބިތުކޮށްދޭ ހެކި
 • 3. މަޖުބޫރުން މަސައްކަތް ކުރުވުން
 • ކުރީގެ ދުވަސްތަކުގައި މުސާރަ ލިބުނުކަމުގެ ސްލިޕް
 • ބަލިވެގެން މަސައްކަތަށް ޙާޟިރުނުވާ ދުވަސް ދުވަހަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅާފައިނުވާނަމަ، ސެޓްފިކެޓްގެ ކޮޕީ
 • މުސާރަ ނުލިބޭ ދުވަސްތަކުގައި ވަޒީފާއަށް ހާޒިރުވިކަން އެނގޭނެ ގޮތުގެ ލިޔުމެއް
 • މައްސަލަ ސާބިތުކޮށްދޭ އިތުރު ހެއްކާއި ޤަރީނާ
 • 4. އުޖޫރަ ނުލިބުން
 • ވަޒީފާއިން ވަކިކުރެވުނުއިރު މައްސަލަ 3 މަސްދުވަހުގެ ތެރޭގައި ހުށަހެޅުން
 • ވަޒީފާއިން ވަކިކުރެވުނު ކަމުގެ ލިޔުން
 • ވަޒީފާއިން ވަކިކުރެވުނުކަމަށް ޤަބޫލުކުރެވޭ ސަބަބު އަންގައިދޭ ލިޔުމެއް
 • ނޯޓިސް ދީފަ ވަޒީފާއިން ވަކިކޮށްފައިވާނަމަ، ނޯޓިސްގެ ކޮޕީ
 • ވަޒީފާއިން ވަކިކުރެވިފައިވަނީ ޤަވާއިދާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭނަމަ، އެކަން ސާބިތުކޮށްދޭ ހެއްކާއި ޤަރީނާ
 • 5. ވަޒީފާއިން ވަކިކުރުން


  ނޯޓް: - މައްސަލައާ ގުޅިގެން ޓްރައިބިއުނަލަށް ހުށަހަޅާ މުހިންމު ލިޔެކިޔުންތައް ހުންނަންވާނީ ދިވެހި ބަހުން ލިޔެވިފައެވެ.
  - ބިދޭސީއަކު މައްސަލަ ހުށަހަޅާނަމަ ދިވެހި ބަހުން ތަރުޖަމާ ކުރާނޭ މީހަކު ޢައްޔަންކޮށް ޓްރައިބިއުނަލަށް އަންގަންވާނެއެވެ.


  English -(މައްސަލަ ހުށަހަޅާ ފޯމް ހުށަހަޅާއިރު ބަލަންޖެހޭ މުހިންމު ކަންތައްތައް- (އިނގެރޭސި