×
+ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޟިރުވާމީހުން ޗުއްޓީއަށް އެދެންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. ފޯމު ބެއްލެވުމަށް (ލިންކް)
+ ސަރކިއުލަރ 3 2020 - ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފޮނުވާ ސިޓީތަަކާއި ލިޔުންތައް އެޑްރެސްކުރުމާބެހޭ (ލިންކް)

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ތަޢާރަފް

ވަޒީފާއާބެހޭ ޓްރައިބިއުނަލްއަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 85 ވަނަ މާއްދާގެ (ހ) ގެ ދަށުން 2008 ވަނައަހަރުގެ ޑިސެމްބަރުމަހު 29 ވަނަ ދުވަހު އުފައްދަވާފައިވާ މުއައްސަސާއެކެވެ. މިގޮތުން ވަޒީފާއާބެހޭ މައްސަލަތައް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ 7 މެމްބަރުން ޢައްޔަނުކުރައްވާ މި 7 މެމްބަރުންގެ ތެރެއިން އިދާރީ ހިންގުމުގެ ޒިންމާ ރައީސާއި ނާއިބް ރައީސް އައްޔާނުކޮށް އެފަރާތްތަކާ ޙަވާލުކުރައްވާފައިވެއެވެ


އަޅުގަނޑުމެންގެ އަމާޒު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަޤްޞަދަކީ، ވަޒީފާގެ މާހައުލުގައި، ވަޒީފާދޭފަރާތާއި ވަޒީފާ އަދާކުރާފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާބެހޭ ޤާނޫނާއި އެހެންވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ވީހާވެސް އަވަހަށް، ލުއިފަސޭހަކޮށް ބަލައި ނިންމުމެވެ.

މަޤްސަދު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަޤްޞަދަކީ، ވަޒީފާގެ މާހައުލުގައި، ވަޒީފާދޭފަރާތާއި ވަޒީފާ އަދާކުރާފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާބެހޭ ޤާނޫނާއި އެހެންވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ވީހާވެސް އަވަހަށް، ލުއިފަސޭހަކޮށް ބަލައި ނިންމުމެވެ

އަޅުގަނޑުމެން ޤަބޫލުކުރާ ހަމަތައް

ހަމަހަމަކަން: ހުށަހެޅޭ މައްސަލަތަކާ ދޭތެރޭ ގޮތެއް ނިންމުމުގައި ވަކިފަރާތަކަށް ނުޖެހުން.

ނަޒާޙަތްތެރިކަން: ނުރަނގަޅު ނުފޫޒުތަކުން އެއްކިބާވެ ތިބެ މަސައްކަތްކުރުން

ޕްރޮފެޝަނަލިޒަމް: ޚިދުމަތް ދިނުމުގައި ފަންނީ ޤާބިލް މީހުން ބޭނުންކުރުމާއި، ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުތައްބެހެއްޓުން