|
މައްސަލަ ހުށަހަޅާ ފޯމް ހުށަހަޅާއިރު ބަލަންޖެހޭ މުހިންމު ކަންތައްތައް
|
| މައްސަލައިގެ ބާވަތް | ބޭނުންވާ މުހިންމު ލިޔެކިޔުން (3 ސެޓް) |
|---|---|
މައްސަލަ ހުށަހަޅާ ފޯމާއެއްކޮށް ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް |
۞ މައްސަލަ ހުށަހަޅާ ފޯމް ފުރިހަމަކުރުން ۞ ވަޒީފާގެ އެއްބަސްވުމުގެ ކޮޕީ ۞ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ۞ މައްސަލައާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް ۞ މައްސަލަ ހުށަހަޅާ ފަރާތް ތަމްސީލު ކުރުމަށް އެހެން ފަރާތެއް އައްޔަންކުރާނަމަ، އައްޔަން ކުރިކަން އެނގޭނެ ލިޔުމެއް |
1. ވަޒީފާގެ އެއްބަސްވުމާއި ޚިލާފްވުން |
۞ ވަޒީފާގެ އެއްބަސްވުމާއި ޚިލާފުވިގޮތާއި މިންވަރު އަންގައިދޭ ލިޔެކިޔުން ۞ ވަޒީފާގެ އެއްބަސްވުމާއި ޚިލާފްވިކަން އިތުރަށް ސާބިތުކޮށްދޭ ހެއްކާއި ޤަރީނާ |
2. ތަފާތުކުރުން |
۞ ވަޒީފާއާގުޅޭ ކަންކަމުގައި ތަފާތުކުރި މިންވަރާއި ތަފާތު ކޮށްފައިވާ ގޮތް ފުރިހަމައަށް އެނގޭނެ ލިޔުމެއް ۞ ތަފާތުކުރިކަން ސާބިތުކޮށްދޭ އިތުރު ހެއްކާއި ޤަރީނާ |
3. މަޖުބޫރުން މަސައްކަތް ކުރުވުން |
۞ މަޖުބޫރު ކުރެވުނީ ކިހިނެއްކަން އަދި ކިހާ މިންގަނޑަކަށްކަން ފުރިހަމައަށް އެނގޭނެ ލިޔުމެއް ۞ މަޖުބޫރު ކުރެވުނު މިންގަނޑު އިތުރަށް ސާބިތުކޮށްދޭ ހެކި |
4. އުޖޫރަ ނުލިބުން |
۞ ކުރީގެ ދުވަސްތަކުގައި މުސާރަ ލިބުނުކަމުގެ ސްލިޕް ۞ ބަލިވެގެން މަސައްކަތަށް ޙާޟިރުނުވާ ދުވަސް ދުވަހަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅާފައިނުވާނަމަ، ސެޓްފިކެޓްގެ ކޮޕީ ۞ މުސާރަ ނުލިބޭ ދުވަސްތަކުގައި ވަޒީފާއަށް ހާޒިރުވިކަން އެނގޭނެ ގޮތުގެ ލިޔުމެއް ۞ މައްސަލަ ސާބިތުކޮށްދޭ އިތުރު ހެއްކާއި ޤަރީނާ |
5. ވަޒީފާއިން ވަކިކުރުން |
۞ ވަޒީފާއިން ވަކިކުރެވުނުއިރު މައްސަލަ 3 މަސްދުވަހުގެ ތެރޭގައި ހުށަހެޅުން ۞ ވަޒީފާއިން ވަކިކުރެވުނު ކަމުގެ ލިޔުން ۞ ވަޒީފާއިން ވަކިކުރެވުނުކަމަށް ޤަބޫލުކުރެވޭ ސަބަބު އަންގައިދޭ ލިޔުމެއް ۞ ނޯޓިސް ދީފަ ވަޒީފާއިން ވަކިކޮށްފައިވާނަމަ، ނޯޓިސްގެ ކޮޕީ ۞ ވަޒީފާއިން ވަކިކުރެވިފައިވަނީ ޤަވާއިދާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭނަމަ، އެކަން ސާބިތުކޮށްދޭ ހެއްކާއި ޤަރީނާ |
| All rights reserved by Employment Tribunal Maldives, 2009
|
||